މިއަދު ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 15 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން 3 މެންބަރުން ސޮއިކުރައްވާ ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މިގޮތުން، މަޢުލޫމާތު ސާފުކުރެއްވުމަށް ކޮމިޓީގެ ދެން އޮންނަ ބައްދަލުވުމަށް ހައުސިންގ މިނިސްޓްރީ އަދި އެމިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އާއި ސިވިލް ސަރވިސް ކޮމިޝަންގެ ބޭފުޅުންނަށް ދަޢުވަތު ދިނުމަށް ނިންމެވިއެވެ.
މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުގެ އިތުރުން ކޮމިޓީގެ ނައިބު މުޤައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުޙަންމަދު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙަންމަދު ފަލާހް، އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ތުލުސްދޫ ދާއިރާގެ މެންބަރު މުހަންމަދު ވަހީދު އިބްރާހީމް، ހުޅުދޫ ދާއިރާގެ މެންބަރު މުޙަންމަދު ޝާހިދު، ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހީމް އަދި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު ވަޑައިގެންނެވިއެވެ.
12 މުޙައްރަމް 1436
5 ނޮވެމްބަރ 2014