މިއަދު ބޭއްވުނު އިޖްތިމާޢީ ކޮމިޓީގެ 15 ވަނަ ބައްދަލުވުމުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/8) އަށް އިސްލާޙުގެނައުމުގެ ބިލު ދިރާސާކުރެއްވުން ކުރިއަށް ގެންދަވައިފިއެވެ.
މިގޮތުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، އެޓާރނީ ޖެނެރަލްގެ އޮފީސް އަދި ނެޝަނަލް ޕްރޮޓެކްޝަން އެޖެންސީގެ ބޭފުޅުންނާއި ބައްދަލުކުރައްވައި ބިލާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރައްވާފައިވެއެވެ.
މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ހޮޅުދޫ ދާއިރާގެ މެންބަރު ޢަލީ މުޙައްމަދުގެ އިތުރުން ކޮމިޓީގެ ނައިބު މުޤައްރިރު މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް، ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް ޢުޘްމާން، މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު،މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަޞީރު,، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ،މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އަދި ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްބާރީ ޢަބްދުﷲ ވަޑައިގެންނެވިއެވެ.
12 މުޙައްރަމް 1436
5 ނޮވެމްބަރ 2014