ޢިމާރާތްކުރުމުގެ ބިލު މަޖިލީހުން ބަލައިގަނެފި

_DSC7483 މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 2014 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 9 ވަނަ ޖަލްސާ ގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ ހުށަހަޅުއްވާފައިވާ، ޢިމާރާތްކުރުމުގެ ބިލު، 61 މެންބަރުންގެ ޢިއްތިފާޤުން މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފިއެވެ. 2 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މި ބިލު މަޖިލީހުން ބަލައިގަތުމާއިގުޅިގެން ދިރާސާކުރެއްވުމަށްވަނީ  ޤައުމީ ތަރައްޤީގެ ކޮމިޓީއަށް ފޮނުވިފައެވެ. މި ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ޖުމްލަ 22 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 10 ނޮވެމްބަރ 2014 ވާ ހޯމަދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

 

 

12 މުޙައްރަމް 1436

5 ނޮވެމްބަރ 2014