މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 23 ވަނަ ބައްދަލުވުމުގައި، ބޭންކް އޮފް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގެ އިޖްތިމާޢީ ތަރައްޤީއަށް މަސައްކަތްކުރާ ބޭންކްއަކަށްވެފައި، އެ މަޤްސަދު ޙާސިލްވަމުން ނުދާ ކަމަށް ބުނެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަ ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށްގެންދެވިއެވެ. އެގޮތުން ބޭންކިންގް ނިޒާމް ރެގިއުލޭޓްކުރާ އުސޫލުތަކާ ގުޅޭ ގޮތުން ހޯދާފައިވާ މަޢުލޫމާތުއާއި ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާ ކުރިއަށްގެންދެވިއެވެ.
މިއަދު ބޭއްވުނު ބައްދަލުކުރެއްވުމަށް ކޮމިޓީގެ މުޤައްރިރު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކާއި ކޮމިޓީގެ ނައިބު މުޤައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރުގެ އިތުރުން،ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ސާލިޙް ވަޑައިގެންނެވިއެވެ.