ޤައުމީ ސަލާމަތުގެ ކޮމިޓީގެ 15 ވަނަ ބައްދަލުވުން ބާއްވައިފި

މިއަދު ބޭއްވުނު ޤައުމީ ސަލާމަތުގެ ކޮމިޓީގެ 15 ވަނަ ބައްދަލުވުމުގައި ކޮމިޓީއަށް ފޮނުއްވާފައިވާ އެކްސްޓްރެޑިޝަން ބިލުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ކުޑަ ކޮމިޓީ އެއް ހޮއްވެވިއެވެ.

މިކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް ޢުޘްމާން، މަނަދޫ ދާއިރާގެ މެންބަރު ޢުމަރު ޙުސައިން، ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދުދީދީ، ތިމަރަފުށި ދާއިރާގެ މެންބަރު މުޙައްމަދު މުސްޠަފާ، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާ ސަފީރުކަމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ބޭފުޅާއި، ކޮމިޓީން 22 އޮކްޓޯބަރ 2014ގައި އިންޓަވިއު ކުރެއްވުމަށް ނިންމެވިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް،  ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާގެ އިތުރުން ކޮމިޓީގެ ނައިބު މުޤައްރިރު މަނަދޫ ދާއިރާގެ މެންބަރު ޢުމަރު ޙުސައިން،  ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް ޢުޘްމާން، ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން،  ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދުދީދީ، ތިނަދޫ ދެކުނު ދާއިރާގެ ޢަބްދުﷲ އަޙުމަދު، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދުދީދީ، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމްދީދީ، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ތިމަރަފުށި ދާއިރާގެ މެންބަރު މުޙައްމަދު މުސްޠަފާ އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވަޑައިގެންނެވިއެވެ.

21 އޮކްޓޯބަރ 2014