މިއަހަރުގެ ތިންވަނަ ދައުރުގެ 4 ވަނަ ޖަލްސާ ބާއްވަވައިފި

މިއަދު ބޭއްވުނު މިއަހަރުގެ ތިންވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ހުށަހަޅުއްވާފައި، މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/2) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވަވައިފިއެވެ.

މީގެ އިތުރުން، މިޖަލްސާގައި، މި އަހަރުގެ ބަޖެޓުގައިވާ ތ. އޮމަދޫގެ ބަނދަރު ހެދުމުގެ ޕްރޮޖެކްޓް މަސައްކަތް ފެށޭނެ ތާރީޚެއް ސާފުކޮށްދެއްވުމާ ގުޅޭގޮތުން ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާ ސުވާލުކުރައްވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 27 އޮކްޓޯބަރ 2014 ވާ ހޯމަދުވަހު ހެނދުނު ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

28 ޛުލްޙިއްޖާ 1435

22 އޮކްޓޯބަރ 2014