ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަނެފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 2014 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 3 ވަނަ ޖަލްސާ ގައި ސަރުކާރުގެ ފަރާތުން، ކެލާ ދާއިރާގެ މެންބަރު ޢަލީ ޢާރިފް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2010/24) އަށް އިޞްލާޙު ގެނައުމުގެ ބިލު ބަލައިގަނެފިއެވެ.

މިބިލު ބަލައިގަނެފައިވަނީ 55 މެންބަރުންގެ އިއްތިފާޤުންނެވެ. މިބިލު ބަލައިގަތުމާއިގުޅިގެން ދިރާސާކުރެއްވުމަށްވަނީ އިޤްތިޞާދީ ކޮމިޓީއަށް ފޮނުވިފައެވެ.

މިބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 19 އޯގަސްޓް 2014 ގައި ބޭއްވުނު ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާގައެވެ.

މިއަދުގެ ޖަލްސާގައި މިބިލަށް ޖުމްލަ 13 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

27 ޛުލްޙިއްޖާ 1435

21 އޮކްޓޯބަރ 2014