މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 2014 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 3 ވަނަ ޖަލްސާ ގައި 7 ދުވަހަށްވުރެ ދިގުމުއްދަތަކަށް މީހުން ބަންދުކުރުމުގައި ނުވަތަ ހައްޔަރު ކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤާނޫނު ( ޤާނޫނު ނަންބަރު 78/5) އުވާލުމުގެ ބިލު ފާސްކޮށްފިއެވެ.
މިބިލު ފާސްކުރައްވާފައިވަނީ 54 މެންބަރުންގެ އިއްތިފާޤުންނެވެ.
ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓު އިއްވަވައިދެއްވީ ޤައުމީ ސަލާމަތު ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އެވެ.
މިއަދުގެ ޖަލްސާގައި މިބިލަށް 2 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.
ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހުށަހަޅުއްވާފައިވާ މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 9 ޖޫން 2014 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ. މި ބިލު ހުށަހަޅުއްވާފައިވަނީ ޤާނޫނުއަސާސީއާ ތަޢާރުޟުވާ ކަންކަން އިޞްލާޙުކުރުމަށްޓަކައެވެ.
27 ޛުލްޙިއްޖާ 1435
21 އޮކްޓޯބަރ 2014