މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވައިފި

_DSC4318މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 2014 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 3 ވަނަ ޖަލްސާ ގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް ކުރިއަށް ގެންދަވައިފިއެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި މި ކުއްލި މައްސަލައަކީ ޖަލުން ފިލާފައިވާ ނުރައްކާތެރި ދެ ކުށްވެރިން ހޯދުމުގެ މަސައްކަތް ސަރުކާރުން އެންމެ މަތީ ދަރަޖައަށް ސަމާލުކަމެއް ދީގެން އެމަސައްކަތް ކުރުމުގެ މުހިއްމުކަމާއި، އަދި ނުރައްކާތެރި ކުށްވެރިން ޖަލުން ފިލުން ތަކުރާރުވިޔަ ނުދިނުމުގެ މުހިއްމުކަމާއި، ރާއްޖޭގައި މިހާރު އޮތް ނުރައްކާތެރިކަމާއި ނާމާންކަން ފިލުވާލުމުގެ މުހިއްމުކަން ސަރުކާރުގެ ސަމާލުކަމަށް ގެންނެވުމަށް ހުށަހެޅުނު ކުއްލި މައްސަލައެކެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރިއަށްގެންދަވާފައިވަނީ 53 މެންބަރުންގެ އިއްތިފާޤުންނެވެ.

މިކުއްލި މައްސަލައަށް 17 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

27 ޛުލްޙިއްޖާ 1435

21 އޮކްޓޯބަރ 2014