ރައްޔިތުންގެ މަޖިލީހުގެ 2014 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 3 ވަނަ ޖަލްސާ މާދަމާ އޮންނާނެ

ރައްޔިތުންގެ މަޖިލީހުގެ 2014 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 3 ވަނަ ޖަލްސާ  މާދަމާ (20 އޮކްޓޯބަރ 2014 ވާ އަންގާރަ ދުވަހު) 9:00 ގައި ރައްޔިތުންގެ މަޖިލީހުގެ ގޭގައި އޮންނާނެއެވެ.

މިޖަލްސާއަށް އެޖެންޑާކުރެވިފައިވަނީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމްއާ ކުރައްވާ ސުވާލުއާއި ސަރުކާރުގެ ފަރާތުން، ކެލާ ދާއިރާގެ މެންބަރު ޢަލީ ޢާރިފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދެވުމެވެ. މީގެއިތުރުން، ކޮމިޓީތަކުން ހުށަހަޅާކަންކަމުގެ ތެރެއިން، ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ 2 ރިޕޯޓެއް ހުށަހެޅުވުމަށް ވެސް މާދަމާގެ ޖަލްސާއަށް އެޖެންޑާކުރެވިފައިވެއެވެ.

ޖަލްސާ އެޖެންޑާ

26 ޛުލްޙިއްޖާ 1435

20 އޮކްޓޯބަރ 2014