ތާޖުއްދީން ސްކޫލް ގްރޭޑް 7 ގެ ދަރިވަރުން ރައްޔިތުންގެ މަޖިލިސްކުރާ ގެއަށް މިއަދު ޒިޔާރަތްކޮށް މަޢުލޫމާތު ހޯދައިފި

ތާޖުއްދީން ސްކޫލް ގްރޭޑް 7 ގެ ދަރިވަރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ޒިޔާރަތްކޮށް ރައްޔިތުންގެ މަޖިލީހާބެހޭގޮތުން މަޢުލޫމާތު ހޯދައިފިއެވެ. މިޒިޔާރަތަކީ، މަޖިލީހުގެ އިދާރާގެ ފަރާތުން ރައްޔިތުން މަޖިލީހާމެދު ޢާންމު ރައްޔިތުންނާއި، ޒުވާން ޖީލްތައް ހޭލުންތެރިކުރުމުގެ ގޮތުން ހިންގާ ޕާލިމެންޓްރީ އެޑިޔުކޭޝަން ޕްރޮގްރާމްގެ ދަށުން އިންތިޒާމު ކުރެވުނު ހަރަކާތެކެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ތާޖުއްދީން ސްކޫލްގެ 98 ދަރިވަރަކު މަޖިލީސްކުރާގެއަށް ޒިޔާރަތްކުރައްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕާލިމެންޓްރީ އެޑިޔުކޭޝަންޓީމްއާ މަޖިލީހުގެ ލީގަލްގެ ބޭފުޅުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުން ކުރާމަސައްކަތްތަކާއި، މެންބަރުންގެ ދައުރާއި މަސްޢޫލިއްޔަތު، އަދި ރައްޔިތުންނާއި މަޖިލީހާއި ހުރި ގުޅުމުގެ މައްޗަށް މިޒިޔާރަތުގައި ދަރިވަރުންނަށް މަޢުލޫމާތު ދެވިފައިވެއެވެ. އަދި މިޒިޔާރަތުގައި ބައިވެރިވި ދަރިވަރުންނާއި މުދައްރިސުން މަޖިލީހުގެ ޖަލްސާކުރާ މާލަމަށް ވަދެވަޑައިގެން، މަޖިލިސްކުރާ މާލަން ބައްލަވާލެއްވިއެވެ.

19 އޮކްޓޯބަރ 2014