ރައްޔިތުންގެ މަޖިލީހުގެ ވަފްދު އައި.ޕީ.ޔޫގެ ކޮމިޓީ އޮން ހިއުމަން ރައިޓްސް އޮފް ޕާލިމެންޓޭރިއަންސް އާ ބައްދަލުކުރައްވައިފި

131 ވަނަ އައި.ޕީ.ޔޫ ކޮންފެރެންސްގައި ބައިވެރިވެވަޑައިގަންނަވާ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ވަފްދުގެ ފަރާތުން އައި.ޕީ.ޔޫގެ ކޮމިޓީ އޮން ހިއުމަން ރައިޓްސް އޮފް ޕާލިމެންޓޭރިއަންސްއާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިނިވަންކަމާއެކު އެބޭފުޅުންގެ ދުސްތޫރީ އަދި ޤާނޫނީ ވާޖިބުތައް އަދާ ކުރެއްވޭކަން ކަށަވަރުކޮށްދިނުމަށް ދައުލަތުގެ މުޢައްސަސާތަކުންނާއި މަޖިލީހުގެ ފަރާތުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ބެހޭ ގޮތުން ކޮމިޓީއަށް މަޢުލޫމާތުދެއްވިއެވެ.

20 ޛުލްޙިއްޖާ 1435

14 އޮކްޓޯބަރ 2014