ކޮމަންވެލްތް ސްމޯލް ބްރާންޗަސް މީޓިންގގެ ރިޔާސަތު މަޖިލީހުގެ ރައީސް ބަލަހައްޓަވައި ދެއްވައިފި

image-555990591472731d7af0aaf0e526f884b9e650248bf8bb45cd51eaa29ad845af-Vމިމަހުގެ 2 އިން 10 އަށް ކެމަރޫންގެ ޔައުންޑޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތް ޕާރލަމެންޓަރީ ކޮންފަރަންސްގެ ޢާންމު ޖަލްސާގެ ކުރީން އޮންނަ ކޮމަންވެލްތް ސްމޯލް ބްރާންޗަސް މީޓިންގ ނުވަތަ ކުދިގޮފިތަކުގެ ބައްދަލުވުމުގެ ރިޔާސަތު މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙަންމަދު ބަލަހައްޓަވައި ދެއްވައިފިއެވެ. އެއްދުވަހުގެ މުއްދަތަށް ތާވަލް ކުރެވިފައިއޮތް، މިއަދު ބޭއްވުނު މިބައްދަލުވުމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިއޮތީީ “ކުދިގޮފިތައް ހަރުދަނާ ކުރުން: ޗެއަރ ޕާރސަންގެ މަގާމް އުފެއްދުން” މިމައުޟޫޢުގެ މައްޗަށެވެ.

މިބައްދަލުވުން ޝަރަފުވެރި ކޮށްދެއްވީ ކެމަރޫންގެ ނެޝެނަލް އެސެމްބްލީގެ ސްޕީކަރ އަދި ކޮމަންވެލްތް ޕާރލަމެންޓަރީ އެސޯސިއޭޝަންގެ ރައީސް އާއި އެ ޖަމްޢިއްޔާގެ އިސްވެރިންނެވެ.

ކުދިގޮފިތަކުގެ މިބައްދަލުވުމުގެ ރިޕޯރޓް އެގްޒެކިޓިވް ކޮމިޓީގެ ބައްދަލުވުމަށް ހުށަހަޅުއްވައި ދެއްވުމަށް ހަމަޖެހިފައިވަނީވެސް މަޖިލީހުގެ ރައީސްއެވެ.

 

11 ޛުލްޙިއްޖާ 1435

5 އޮކްޓޯބަރ 2014