ބަރަކާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާ

މާތްﷲއަށް ޙަމްދުކޮށް އެކަލާނގެ ނަބިއްޔާ محمد صلى الله عليه وسلم އަށް ޞަލަވާތާއި ސަލާމުގެ ވެދުންކުރަމެވެ. އަދި އެކަލޭގެފާނުގެ އާލުންނާއި އަސްޙާބުން މިޞަލަވާތާއި ސަލާމުގައި ޝާމިލުކުރަމެވެ.

ބަރަކާތްތެރި ޙައްޖު ދުވަހާ ގުޅިގެން އަންނަ އަޟްޙާ ޢީދުގެ މުނާސަބަތުގައި ހެޔޮއެދުންތަކާއި ތަހުނިޔާ، ރާއްޖޭގެ ހުރިހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ ނަންފުޅުގައާއި އަޅުގަނޑުގެ އަމިއްލަނަމުގައި އަރިސްކުރުމަކީ މިއުފާވެރި ދުވަހު އަޅުގަނޑަށް ލިބޭ ވަރަށް މަތިވެރި އުފަލެކެވެ.

ޢީދުގެ އުފާ އަޅުގަނޑުމެން ލިބިގަންނަމުންދާއިރު، ޙައްޖުގެ މަތިވެރި އަޅުކަމުގައި މިއަހަރު ބައިވެރިވުމުގެ ހެޔޮނަޞީބު މާތްﷲ މިންވަރު ކޮށްދެއްވި އެންމެހައި އަޚުންނާއި އުޚުތުންނަށްވެސް މަރުޙަބާ ދަންނަވައި ހެޔޮއެދުންތައް ރައްދުކުރަމެވެ.

ޢީދުގެ ރޫޙާ އެއްގޮތަށް މިޢީދުގެތެރޭ އިސްލާމީ އުޚުއްވަތްތެރިކަން އަޅުގަނޑުމެންގެ މެދުގައި އާލާކޮށް، އަޅުގަނޑުމެންގެ މެދުގައިވާ ގުޅުންތައް ބަދަހިކުރުމަށް މިފުރުޞަތުގައި އަޅުގަނޑު ގޮވާލަމެވެ.

މާތްﷲ ދިވެހި ރައްޔިތުންނަށް ތަނަވަސްކަމާއި ތިޔާގިކަން މިންވަރުކުރައްވައި ސަލާމަތާއި ރައްކާތެރިކަން ދެއްވާށިއެވެ. އާމީން.

 

والحمدللهربالعالمين

 

            ޢަބްދުﷲ މަސީޙް މުޙައްމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް

 ______________________________________________________________

9 ޛުލްހިއްޖާ 1435

3 ޖުލައި 2014