ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ދެމައްސަލައަކާ ގުޅޭ ގޮތުން މަޢުލޫމާތު ހޯއްދެވުމަށް ނިންމަވައިފި

މިއަދު ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 13 ވަނަ ބައްދަލުވުމުގައި ދެމައްސަލައަކާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކުން މަޢުލޫމާތު ހޯއްދެވުމަށް ނިންމަވައިފިއެވެ.

އެ ދެ މައްސަލައަކީ ދަރިވަރަކާމެދު ކްލާހުގެ ބައެއް ކުދިން ދިމާކުރުމާއި ޓީޗަރެއް މިކަމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވިފައިވާ މައްސަލައާއި އެއަރލައިން ތަކުން ވިއްކާ ޓިކެޓްތަކުގެ އަގުތައް ކުއްލި ކުއްލިއަށް ބޮޑުވަމުންދާކަމަށް ބަޔާންކޮށް މެންބަރަކު ހުށަހަޅުއްވާފައިވާ މައްސަލައެކެވެ.

މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދުގެ އިތުރުން ކޮމިޓީގެ ނައިބު މުޤައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު، އުނގޫފާރު ދާއިރާގެ މެންބަރު ޖަޢުފަރު ދާއޫދު، ހޯރަފުށި ދާއިރާގެ މެންބަރު މުހައްމަދު އިސްމާޢީލް އަދި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު ވަޑައިގެންނެވިއެވެ.

4 ޛުލްހިއްޖާ 1435

29 ސެޕްޓެމްބަރ 2014