މިނިވަން ނޫހުގެ ރިޕޯޓަރ އަޙްމަދު ރިޟްވާން ޢަބްދުﷲ ވީނުވީއެއްނޭގި ގެއްލިފައިވާ މައްސަލަ ދިރާސާކުރެއްވުމަށް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ސަބް-ކޮމިޓީއެއް ހޮއްވަވައިފި

މިއަދު ބޭއްވުނު ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ 2 ވަނަ ބައްދަލުވުމުގައި، މިނިވަން ނޫހުގެ ރިޕޯޓަރ އަޙްމަދު ރިޟްވާން ޢަބްދުﷲ، މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ވީނުވީއެއްނޭގި ގެއްލިފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން ފޮނުއްވާފައިވާ މައްސަލަ އިތުރަށް ދިރާސާކުރެއްވުމަށް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ސަބް-ކޮމިޓީއެއް ހޮއްވަވައި އެކޮމިޓީއަށް ފޮނުއްވައިފިއެވެ.

ސަބް-ކޮމިޓީގެ މިއަދު ބޭއްވުނު ބައްދަލުވުމުގައި، މައްސަލާއާ ގުޅޭ ގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރެއްވުމަށް ކަމާގުޅޭ ފަރާތްތަށް ހާޒިރުކުރުމަށްވަނީ ނިންމަވާފައެވެ.