އެކްސްޓްރެޑިޝަންގެ ބިލު ބަލައިގެންފި

DSC_8872މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 29 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން ތިމަރަފުށި ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ ހުށަހަޅުއްވާފައިވާ އެކްސްޓްރެޑިޝަންގެ ބިލު ބަލައިގެންފިއެވެ.

މިބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށްވަނީ ވޯޓްދެއްވީ 74 މެންބަރުންގެ އިއްތިފާޤުންނެވެ. މިބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި، ޖުމަލް 15 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 13 އޯގަސްޓް 2014 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާގައެވެ. މި ބިލު ބަލައިގަތުމާއިގުޅިގެން ދިރާސާކުރެއްވުމަށްވަނީ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވިފައެވެ.

01 ޛުލްޤަޢިދާ 1435

27 އޮގަސްޓް 2014