ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ބިލު އިޞްލާޙު ކުރެއްވި މާއްދާތަކާއެކު ފާސްކުރައްވައިފި

DSC_8839މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 29 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ހުށަހަޅުއްވާފައިވާ، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ބިލު، އިޞްލާޙުކުރެއްވި މާއްދާތަކާއެކު  ފާސްކުރައްވައިފިއެވެ.

މިގޮތުން މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 83 ވަނަ މާއްދާގެ (ހ)ގެ ދަށުން 5 އިޞްލާޙަކާއި 83 ވަނަ މާއްދާގެ (ށ) ގެ ދަށުން 1 އިޞްލާޙެއް ވަނީ ފާސްކުރައްވާފައެވެ. އަދި 83 ވަނަ މާއްދާގެ (ނ)ގެ ދަށުން 1 އިޞްލާޙެއް ވަނީ ފާސްކުރައްވާފައެވެ.

މިބިލު ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓްދެއްވީ 60 މެންބަރުންނެވެ. އަދި ފެނިވަޑައިނުގަންނަވާކަމަށް 15 މެންބަރުން ވޯޓްދެއްވާފައިވެއެވެ. މިބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި، ޖުމްލަ 38 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 9 ޖޫން 2014 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާގައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 28 އޮގަސްޓް 2014 ވާ ބުރާސްފަތި ދުވަހުގެ 1100 ގައެވެ.

01 ޛުލްޤަޢިދާ 1435

27 އޮގަސްޓް 2014