އިޖްތިމާޢީ ކޮމިޓީގެ 12 ވަނަ ބައްދަލުވުން ބައްވަވައިފި

DSC_8371މިއަދު ބޭއްވުނު އިޖްތިމާޢީ ކޮމިޓީގެ 12 ވަނަ ބައްދަލުވުމުގައި، ކޮމިޓީއަށް ހުށަހެޅިފައިވާ ބިލުތަކުގެ ތެރެއިން 2 ބިލެއްގެ މަސައްކަތް ކުރިއަށްގެންދަވާނެ ގޮތް ރާއްވަވާ، މަސައްކަތް ނިންމަވާނެ ތާރީޙް ކަނޑައެޅުއްވިއެވެ.

އެގޮތުން ޞިއްޙީ ޚިދުމަތްދިނުމުގެ ބިލާއި ޞިއްހީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ބިލުގެ މަސައްކަތް ކޮމިޓީން ނިންމާނެ ސުންގަނޑިއަކީ 31 ޑިސެމްބަރ 2014 ކަމުގައި ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.

މިއަދު ބޭއްވުނު ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ހޮޅުދޫ ދާއިރާގެ މެންބަރު ޢަލީ މުޙައްމަދުގެ އިތުރުން ނައިބު މުޤައްރިރު މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަޞީރު، ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްބާރީ ޢަބްދުﷲ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު، ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ވަޑައިގެންނެވިއެވެ.

01 ޛުލްޤައިދާ 1435

27 އޮގަސްޓް 2014