ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 12 ވަނަ ބައްދަލުވުން ބާއްވަވައިފި

މިއަދު ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ 12 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން 3 މެންބަރުން ސޮއިކުރައްވާ ފޮނުއްވާފައިވާ އައްޑޫ ސިޓީގެ ފެރީ އަދި ބަސް ދަތުރުފަތުރުގެ މައްސަލަ ދިރާސާކުރެއްވިއެވެ.

އެގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، އައްޑޫ ސިޓީ ކައުންސިލް އަދި އެމް-ވީ-ކޭ ކުންފުނީގެ އިސް ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރައްވާ މި މައްސަލައާއި ބެހޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ކޮމިޓީއަށް ވަޑައިގެންނެވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް މުޙައްމަދު ސަޢީދު، ޕަރމަނަންޓް ސެކްރެޓަރީ ޔޫސުފް ރިޒާ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމެންޓް އަޙްމަދު ފާރިޝް މައުމޫނާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމެންޓް މުޙައްމަދު އަނީސްއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ކޮމިޓީއަށް ވަޑައިގެންނެވީ މޭޔަރ އަބްދުﷲ ޞާދިޤް އަދި ކައުންސިލަރު ޢަލީ މުޙައްމަދުއެވެ. އަދި އެމް.ވީ.ކޭ ކުންފުނިން ކޮމިތީއަށް ވަޑައިގެންނެވީ އެ ކުންފުނީގެ ސީ.އީ.އޯ އިބްރާހީމް ޝަފީޤުއެވެ.

މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދުގެ އިތުރުން ކޮމިޓީގެ ނައިބު މުޤައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު، އުނގޫފާރު ދާއިރާގެ މެންބަރު ޖަޢުފަރު ދާއޫދު، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމް، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް، ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު، ހޯރަފުށި ދާއިރާގެ މެންބަރު މުހައްމަދު އިސްމާޢީލް އަދި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު ވަޑައިގެންނެވިއެވެ.

01 ޛުލްޤައިދާ 1435

27 އޮގަސްޓް 2014