ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ޢައްޔަންކުރާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރަކު ހޮވުމަށްޓަކައި މަޖިލީހުގެ އިދާރާއިން ކުރި އިޢުލާނަށް އިޖާބަދެއްވައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން އެބޯޑަށް އައްޔަނުކުރައްވަން ގއ. ކަނޑުހުޅުދޫ ހެޕީކޯނަރ ޢާމިރު އަލީ ފެނިވަޑައިގަންނަވާކަމަށް މަޖިލީހުން ނިންމަވައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ޢައްޔަންކުރާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރަކު ހޮވުމައްޓަކައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/7) ގެ 62 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން،  ޤައުމީ ސަލާމަތު ކޮމިޓީން ދިރާސާކުރެއްވި ނަންފުޅުތަކުގެ ތެރެއިން، އެކޮމިޝަނަށް އައްޔަނުކުރައްވަން ގއ. ކަނޑުހުޅުދޫ ހެޕީކޯނަރ ޢާމިރު ޢަލީ ފެނިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ގއ. ކަނޑުހުޅުދޫ ހެޕީކޯނަރ ޢާމިރު ޢަލީ އައްޔަނުކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓުދެއްވާފައިވަނީ 75 މެންބަރުންގެ އިއްތިފާޤުންނެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ޢައްޔަންކުރާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކު ހޮވުމަށްޓަކައި 10 ނަންފުޅެއް ޤައުމީ ސަލާމަތު ކޮމިޓީން ދިރާސާކުރައްވާފައިވެއެވެ.

01 ޛުލްޤަޢިދާ 1435

27 އޮގަސްޓް 2014