ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 143 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ގަވާއިދުގެ 79 ވަނަ މާއްދާގައިވާ ގޮތުގެމަތިން މަޖިލީހަށް ހުށައެޅިފައިވާ ޤަރާރެއް އަނބުރާ ގެންދަވައިފިކަމަށް އިޢުލާނުކުރައްވައިފި

DSC_8077މިއަދު ބޭއްވުނު، ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 29 ވަނަ ޖަލްސާގައި ރިޔާސަތުން އަންގާ އެނގުމެއްގެ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 143 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ގަވާއިދުގެ 79 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ހުށަހަޅުއްވައިފައިވާ ޤަރާރެއްއަނބުރާ ގެންދަވައިފިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙަންމަދު އިޢުލާންކުރައްވައިފިއެވެ.

މިޤަރާރަކީ، ފަލަސްތީނުގެ މުސްލިމު އަޙުންނާއި އުޚުތުންނަކީ އަޅުގަނޑުމެން ފަދަ މުސްލިމުންކަމަށްވީ ހިނދު، ފަލަސްތީނުގެ އެ އަޚުންނާއި އުޚުތުންނަށް ރަހުމްކުޑަ ލާއިންސާނީ އަނިޔާ ކުރަމުންދާ ދިޔުމާއި، ކުށެއްނެތް ކުޑަކުދީންނާއި އަންހެނުންނާއި ޢާންމުންނަށް އެއްވެސް އިންސާނިއްޔަތު ކަމެއްނެތި އަނިޔާކޮށް އެމީހުން މަރަމުންދާ ދިއުމާ ދެކޮޅަށް ދިވެހިރާއްޖެއިން ޢަމަލުކުރަންވާނެ ގޮތަކާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ބެލުމަށް މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ޤަރާރެކެވެ.

މިޤަރާރުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 22 ޖުލައި 2014 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2014 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 16 ވަނަ ޖަލްސާގައެވެ.

01 ޛުލްޤަޢިދާ 1435

27 އޮގަސްޓް 2014