02 ބިލެއް ނިންމަވާނެ ސުންގަޑި އިޢުލާނުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 128 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޤައުމީ ތަރައްޤީގެ ކޮމިޓީއިން ފޮނުއްވާފައިވާ  ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުގެ ފަރާތުން ތަމްރީނުދެވޭ މީހުން ސަރުކާރަށް ޚިދުމަތްކުރުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 76/29)  އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ސުންގަޑިއަކީ 27 އޮގަސްޓު 2014 ކަމާއި އަދި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ބިލުގެ ސުންގަޑިއަކީ 30 އޮކްޓޯބަރ 2014 ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙަންމަދު އިޢުލާންކުރައްވައިފިއެވެ.

މިކަން އިޢުލާންކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ނަވާވިސްވަނަ ޖަލްސާގައި ރިޔާސަތުން އަންގާ އެނގުމެއްގެ ގޮތުގައެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ޖީ.އެމް.އާރު އާ އެކު ދައުލަތުން ވެފައިވާ ކޮންޓްރެކްޓާ ގުޅޭގޮތުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރުން މާރިޔާ އަޙްމަދު ދީދީ، އެޓަރނީ ޖެނެރަލް އަލްއުސްތާޛް މުޙައްމަދު އަނިލްއާ ކުރައްވާ ސުވާލުގެ ބައި ކުރިއަށް ގެންދަވާފައިވެއެވެ.

01 ޛުލްޤަޢިދާ 1435

27 އޮގަސްޓް 2014