ރައްޔިތުންގެ މަޖިލީހުގެ ސުލޫކު ގަވާއިދާގުޅޭ ގޮތުން މަޝްވަރާކުރައްވަވައިފި

މިއަދު ބޭއްވުނު ސުލޫކު ކޮމިޓީގެ 4 ވަނަ ބައްދަލުވުމުގައި،  ރައްޔިތުންގެ މަޖިލީހުގެ ސުލޫކު ގަވާއިދު އިތުރަށް ދިރާސާކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙްގެ އިތުރުން ކޮމިޓީގެ ނައިބު މުޤައްރިރު މަޑަވެލި ދާއިރާގެ މެންބަރު މުޢާޒު މުޙައްމަދު ރަޝީދު، ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޡިމް، ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްބާރީ ޢަބްދުﷲ،ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހީމް ޙަސަން، މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު، ދާންދޫ ދާއިރާގެ މެންބަރު އަޙުމަދު އަސްޢަދު، ނޮޅިވަރަމް ދާއިރާގެ މެންބަރު ޙުސައިން ޢަރީފު، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް އަދި ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ވަޑައިގެންނެވިއެވެ.