އިމްތިޔާޒް ކޮމިޓީގެ 4 ވަނަ ބައްދަލުވުން ބާއްވަވައިފި

މިއަދު ބޭއްވުނު އިމްތިޔާޒް ކޮމިޓީގެ 4 ވަނަ ބައްދަލުވުމުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕްގެ މެންބަރުންގެ ތެރެއިން ބައެއް މެންބަރުންނަށް ލިބިފައިވާ މަރުގެ އިންޒާރުގެ މެސެޖުތަކާ ގުޅިގެން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމްގެ އިތުރުން ކޮމިޓީގެ ނައިބު މުޤައްރިރު ހަނިމާދޫ ދާއިރާގެ މެންބަރު ޙުސައިން ޝަހުދީ، ވެލިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމިން، ފެލިދޫ ދާއިރާގެ މެންބަރު އަޙްމަދު މަރުޒޫގު، މާވަށު ދާއިރާގެ މެންބަރު އަޙްމަދު އަޒްހާން ފަހުމީ، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ އަޙްމަދު، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޢަލީ ޝާހް އަދި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވަޑައިގެންނެވިއެވެ.