ޢާާންމު ކޮމިޓީގެ 13 ވަނަ ބައްދަލުވުން ބާއްވަވައިފި

މިއަދު ބޭއްވުނު ޢާންމު ކޮމިޓީގެ 13 ވަނަ ބައްދަލުވުމުގައި، މެންބަރުންނާއި މެންބަރުންގެ އާއިލާގެ ބޭފުޅުންގެ ހެލްތު އިންޝުއަރެންސްގެ މައްސަލަ ދިރާސާކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މެންބަރ ސަރވިސް އެންޑް ޕްރޮޓޮކޯލް ސެކްޝަން، ޕްރޮކިއުމަންޓް ސެކްޝަން އަދި ފައިނޭންސް ސެކްޝަންއާ ބައްދަލުކުރައްވާ މަޢުލޫމާތު ސާފުކުރެއްވިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ކެލާ ދާއިރާގެ މެންބަރު ޢަލީ ޢާރިފްގެ އިތުރުން ކޮމިޓީގެ ނައިބު މުޤައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް، ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ޙުސައިން، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙަންމަދު ފަލާޙް، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު މުބީން، ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހީމް އަދި ފެލިދޫ ދާއިރާގެ މެންބަރު އަޙްމަދު މަރުޒޫގު ވަޑައިގެންނެވިއެވެ.