ޢާންމު ކޮމިޓީގެ ސަބް-ކޮމިޓީގެ ދެވަނަ ބައްދަލުވުން ބާއްވަވައިފި

2015 ވަނަ އަހަރަށް ލަފާކުރާ މަޖިލީހުގެ އިދާރާގެ ބަޖެޓް ދިރާސާކުރެއްވުމަށް ހޮއްވެވި ޢާންމު ކޮމިޓީގެ ސަބް-ކޮމިޓީގެ ދެވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްވެރިންނާ މިރޭ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުމަށް، ކޮމިޓީގެ މުޤައްރިރު ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދުގެ އިތުރުން ނައިބު މުޤައްރިރު ކެޔޮދޫ ދާއިރާގެ މެންބަރު މުސާ ނިޒާރު އިބްރާހީމް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން، އަދި ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު މުބީން ވަޑައިގެންނެވިއެވެ.