2015 ވަނަ އަހަރަށް ލަފާކުރާ މަޖިލީހުގެ އިދާރާގެ ބަޖެޓް ދިރާސާކުރެއްވުމަށް ޢާންމު ކޮމިޓީގެ ސަބް-ކޮމިޓީއެއް ހޮއްވަވައިފި

މިއަދު ބޭއްވުނު ޢާންމު ކޮމިޓީގެ 11 ވަނަ ބައްދަލުވުމުގައި،  2015 ވަނަ އަހަރަށް ލަފާކުރާ މަޖިލީހުގެ އިދާރާގެ ބަޖެޓް އިތުރަށް ދިރާސާކުރެއްވުމަށް ޢާންމު ކޮމިޓީގެ ސަބް-ކޮމިޓީއެއް ހޮއްވަވައި އެކޮމިޓީއަށް ފޮނުއްވިއެވެ.

މިސަަބް-ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން، ކެޔޮދޫ ދާއިރާގެ މެންބަރު މުސާ ނިޒާރު އިބްރާހީމް އަދި ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު މުބީން ހިމެނެއެވެ.

މީގެއިތުރުން، މިއަދުގެ ބައްދަލުވުމުގައިވަނީ ގާނޫނު އަސާސީގެ 99 ވަނަ މާއްދާގެ (ނ) ގެ ދަށުން އަމިއްލަ ފަރާތްތަކުން ފޮނުއްވާފައިވާ 2 ސިޓީއެއް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުއްވާފައެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ކެލާ ދާއިރާގެ މެންބަރު ޢަލީ ޢާރިފްގެ އިތުރުން ކޮމިޓީގެ ނައިބު މުޤައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙަންމަދު ފަލާޙް، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ޙުސައިން، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް، ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހީމް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު، ފެލިދޫ ދާއިރާގެ މެންބަރު އަޙްމަދު މަރުޒޫގް، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު މުބީން އަދި ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ވަޑައިގެންނެވިއެވެ.

29 ޝައްވާލު 1435

25 އޮގަސްޓް 2014