ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ބިލު ބަލައިގެންފި

DSC_6646މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ހުށަހަޅުއްވާފައިވާ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ބިލު ބަލައިގެންފިއެވެ. މި ބިލު ބަލައިގަތުމާއިގުޅިގެން ދިރާސާކުރެއްވުމަށްވަނީ ޤައުމީ ތަރައްޤީ ކޮމިޓީއަށް ފޮނުވިފައެވެ.

އިބްތިދާއީ ބަހުސް މަރުހަލާގައި، މި ބިލަށް ޖުމްލަ 10 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

މިބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 74 މެންބަރުންނެވެ. އަދި 3 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 02 ޖުލައި 2014 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާގައެވެ. މިބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ޖުމްލަ 00 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

29 ޝައްވާލް 1435

25 އޮގަސްޓް 2014