އިޖްތިމާޢީ ކޮމިޓީގެ 11 ވަނަ ބައްދަލުވުން ބައްވަވައިފި

މިއަދު ބޭއްވުނު އިޖްތިމާޢީ ކޮމިޓީގެ 11 ވަނަ ބައްދަލުވުމުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނަށް (ޤާނޫނު ނަންބަރު 2010/8) އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭ ގޮތުން، މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޓަރ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އަދި ޕޭރެންޓް އެސޯސިއޭޝަންގެ ބޭފުޅުންނާއި ބައްދަލުކުރައްވަވައިފިއެވެ.

މިއަދު ބޭއްވުނު ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ހޮޅުދޫ ދާއިރާގެ މެންބަރު ޢަލީ މުޙައްމަދުގެ އިތުރުން ނައިބު މުޤައްރިރު މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް ޢުޘްމާން، މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަޞީރު، ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްބާރީ ޢަބްދުﷲ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު، ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ވަޑައިގެންނެވިއެވެ.

29 ޝައްވާލު 1435

25 އޮގަސްޓް 2014