މާލިއްޔަތު ކޮމިޓީގެ 16 ވަނަ ބައްދަލުވުން ބާއްވައިފި

Maaliyathމާލިއްޔަތު ކޮމިޓީގެ 16 ވަނަ ބައްދަލުވުމުގައި، 2014 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ފާސްކުރައްވާފައިވާގޮތުން ޖަމްޢިއްޔާތަކަށް ދިނުމަށް ކަނޑައަޅުއްވާފައިވާ 15 މިލިއަން ރުފިޔާ ލިބިދިނުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ހުށަހަޅުއްވާފައިވާ އުޞޫލުތަކާ ގުޅޭ ގޮތުުން، މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީއިން ދިރާސާކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓާއި މެދު މަޝްވަރާކުރައްވައިފިއެވެ.

މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް، ކޮމިޓީގެ މުޤައްރިރު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކުގެ އިތުރުން ނައިބު މުޤައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠޯރިޤް، ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވަޑައިގެންނެވިއެވެ.

24 ޝައްވާލު 1435

20 އޮގަސްޓް 2014