ޢާންމު ކޮމިޓީގެ ސަބް ކޮމިޓީން ދިރާސާކުރެއްވި މައްސަލއިގެ ރިޕޯޓާމެދު މަޝްވަރާކުރައްވައިފި

މިއަދު ބޭއްވުނު ޢާންމު ކޮމިޓީގެ 9 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މުވައްޒަފުންނަށް ސައި ފޮދާއި، ފަރިއްކޮޅު ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް އެދި ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކުރެއްވި ސަބް ކޮމިޓީގެ ރިޕޯޓާމެދު މަޝްވަރާކުރައްވައިފިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ކެލާ ދާއިރާގެ މެންބަރު ޢަލީ ޢާރިފްގެ އިތުރުން ކޮމިޓީގެ ނައިބު މުޤައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް، ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހީމް، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު މުބީން، ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ވަޑައިގެންނެވިއެވެ.

23 ޝައްވާލު 1435

19 އޮގަސްޓް 2014