ޕެޓިޝަން ކޮމިޓީގެ 3 ވަނަ ބައްދަލުވުން ބާއްވަވައިފި

މިއަދު ބޭއްވުނު ޕެޓިޝަން ކޮމިޓީގެ 3 ވަނަ ބައްދަލުވުމުގައި، އިސްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ކުއްވެރިކޮށް، ދިވެހި ރައްޔިތުންގެ ނަމުގައި 10,000އަށް ވުރެ ގިނަ ސޮޔާއެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅުއްވާފައިވާ ގަރާރު ދިރާސާކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ އިތުރުން، ކޮމިޓީގެ މެންބަރުންކަމުގައިވާ ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ، ދާންދޫ ދާއިރާގެ މެންބަރު އަޙުމަދު އައްސަދު، ނޮޅިވަރަމް ދާއިރާގެ މެންބަރު ޙުސައިން ޢަރީފް، މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަޞީރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުލްކަރީމް، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު އަދި ހަނިމާދޫ ދާއިރާގެ މެންބަރު ޙުސައިން ޝަހުދީ ބައިވެރިވެވަޑައިގެންނެވިއެވެ.

22 ޝައްވާލު 1435

18 އޮގަސްޓް 2014