ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 11 ވަނަ ބައްދަލުވުން ބައްވަވައިފި

މިއަދު ބޭއްވުނު ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 11 ވަނަ ބައްދަލުވުމުގައި، އައްޑޫ ސިޓީގެ ދަތުރުފަތުރުގެ މައްސަލަ ހައްލުކޮށްދެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން،3  މެންބަރުން ސޮއިކުރައްވާ ފޮނުއްވާފައިވާ މައްސަލަ ކުރިއަށް ގެންދަވައިފިއެވެ.

މިމައްސަލައާގުޅޭ ގޮތުން، ކޮމިޓީން ވަނީ އެމް.ވީ.ކޭގެ އިސްބޭފުޅުންނާއި، އައްޑޫ ސިޓީ ކައުންސިލްގެ އިސް ބޭފުޅުންނާއި ކަމާގުޅޭ ވުޒާރާގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާ މަޢުލޫމާތު ސާފުކުރެއްވުމަށެވެ.

މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދުގެ އިތުރުން ކޮމިޓީގެ ނައިބު މުޤައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު، އުނގޫފާރު ދާއިރާގެ މެންބަރު ޖަޢުފަރު ދާއޫދު، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމް، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް އަދި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު ވަޑައިގެންނެވިއެވެ.

17 ޝައްވާލު 1435

13 އޮގަސްޓް 2014