ލަނގުވާ ތަކެއްޗާއި ހޮވާ ތަކެއްޗާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރައްވައިފި

_CHR5838މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ހުށަހަޅުއްވާފައިވާ، ލަނގުވާ ތަކެއްޗާއި ހޮވާ ތަކެއްޗާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 96/8) އަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރައްވައިފިއެވެ.

މިބިލު ފާސްކުރައްވާފައިވަނީ 74 މެންބަރުންގެ އިއްތިފާޤުންނެވެ.

ލަނގުވާ ތަކެއްޗާއި ހޮވާ ތަކެއްޗާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، އިޤްތިޞާދި ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް، މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ކޮމިޓީގެ މުޤައްރިރު ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލެވެ. މި ރިޕޯޓަށް 1 މެންބަރަކު ބަހުސްކުރައްވާފައިވެއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 9 ޖޫން 2014 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާގައެވެ.

16 ޝައްވާލް 1435

12 އޮގަސްޓް 2014