މާލިއްޔަތު ކޮމިޓީގެ 12 ވަނަ ބައްދަލުވުން ބާއްވަވައިފި

_CHR9456މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 12 ވަނަ ބައްދަލުވުމުގައި، މުޢައްސަސާތަކުގެ މާލީ ކަންކަމާ ބެހޭ ހިސާބުތަކާއި ލިޔެކިޔުންތަކާއި އެހެނިހެން ރެކޯޑްތައް ގަވައިދުތަކާ އެއްގޮތަށް ބަލަހައްޓާ ރައްކާތެރިކަމާއެކު ދެމެހެއްޓުމުގެ ނިޒާމް ހަރުދަނާ ކުރުމަށް މަޖިލީހުގެ ތެރެއިން އެޅެން ހުރި ފިޔަވަޅުތައް އަޅުއްވާދެއްވުން އެދި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފޮނުއްވާފައިވާ ސިޓީއާ މެދު މަޝްވަރާތައް ކުރިއަށްގެންދެވިއެވެ.

އެގޮތުން މި މައްސަލަ ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީގެ 4 މެންބަރުންގެ ސަބް-ކޮމިޓީއަކަށް ފޮނުއްވިއެވެ. ސަބް-ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ސާލިޙް، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، އަދި ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމްއެވެ.

މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކުގެ އިތުރުން، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞާލިޙް، ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ، އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަޑައިގެންނެވިއެވެ.

15 ޝައްވާލް 1435

11 އޮގަސްޓް 2014