މިނިސްޓަރ އޮފް ހެލްތުގެ މަގާމަށް ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ގ. މަނާމު، ޑރ. މަރްޔަމް ޝަކީލާގެ ނަންފުޅަށް މަޖިލީހުން ރުހުން ދެއްވަން ފެނިވަޑައިނުގަންނަވާކަމަށް މަޖިލީހުން ފާސްކުރައްވައިފި

_CHR3462މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރ އޮފް ހެލްތުގެ މަގާމަށް ޢައްޔަންކުރެއްވުމަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ގ. މަނާމު، ޑރ. މަރްޔަމް ޝަކީލާގެ ނަންފުޅަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވަން ފެނިވަޑައިނުގަންނަވާކަމަށް ފާސްކުރައްވައިފިއެވެ.

މިގޮތުން ރުހުން ދެއްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 11 މެންބަރުންނެވެ. އަދި ރުހުންދެއްވަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 61 މެންބަރުނެވެ. އަދި 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މި މައްސަލަ ދިރާސާކުރައްވައި، ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން  ނިންމެވިގޮތުގެ ރިޕޯޓް ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ ނާއިބު މުގައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އެވެ.

15 ޝައްވާލް 1435

11 އޮގަސްޓް 2014