ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވައިފި

_CHR3161މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ހުށަހަޅުއްވާފައިވާ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު )ޤާނޫނު ނަންބަރު 2000/2( އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ މިއަދު ކުރިއަށް ގެންދަވައިފިއެވެ.

މިއަދުގެ ބަހުސް މަރުހަލާގައި މި ބިލަށް ޖުމްލަ 24 މެންބަރުން ބަހުސްކުރެއްވިއެވެ.

މިބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 17 ޖޫން 2014 ގައި ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ތިންވަނަ ޖަލްސާގައެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ކޮމަންވެލްތުން އިސްނަންގަވައި ނެރުއްވި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީއިން 30 އޮގަސްޓް 2012 ގެ ރިޕޯޓުގައި ފެބްރުވަރީ 7 ވަނަ ދުވަހު ހިނގައިދިޔަ ކަންކަމާގުޅޭގޮތުން، މިހާރު އެ ރިޕޯޓާ ގުޅިގެން ތަޙުޤީޤުތައް ކުރިއަށް ގެންދެވިފައިވަނީ ކިހާމިންވަރަކަށްތޯ ބެއްލެވުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، އެޓަރނީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު އަނިލްއާ ކުރައްވާ ސުވާލުގެ ބައި ކުރިއަށް ގެންދަވާފައިވެއެވެ.

10 ޝައްވާލު 1435

6 އޯގަސްޓު 2014