ކްލެމެންސީ ބޯޑުގައި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ މެންބަރަކީ ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމް ކަމަށް ފާސްކުރައްވައިފި

_CHR0536މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން، މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު   (ޤާނޫނު ނަންބަރު 2010/2) ގެ 10 ވަނަ މާއްދާގެ ދަށުން އެކުލަވާލަންޖެހޭ ކްލެމެންސީ ބޯޑުގައި އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (މ) ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުން އެ މަޖިލީހުގެ މެންބަރަކީ ތުލުސްދޫދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމް ކަމަށް ފާސްކުރައްވައިފިއެވެ.

މި ނަންފުޅު ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 48 މެންބަރުންނެވެ. އަދި ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 29 މެންބަރުންނެވެ.

މިނަންފުޅަކީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކު ހުށަހަޅުއްވައި މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ތާއީދުކުރެއްވި ނަންފުޅުވެ.

23 ޖުލައި 2014