ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން އިޖްތިމާޢީ ކޮމިޓީގައި މަޝްވަރާކުރައްވައިފި

_CHR8783މިއަދު ބޭއްވުނު އިޖްތިމާޢީ ކޮމިޓީގެ ބައްދަލުވުމުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 91/9) އަށް … ވަނަ އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

އަދި، ބިލާ ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ކަމާގުޅޭ ފަރާތްތަކާ ބައްދަލުކުރެއްވުމަށް ކޮމިޓީން ނިންމަވާފައިވެއެވެ.

މިއަދުގެ ބޭއްވުނު ކޮމިޓީގެ ބައްދަލުވުމަށް ހުރިހާ މެންބަރުންވެސް ވަޑައިގެންނެވިއެވެ. އެއީ ކޮމިޓީގެ މުޤައްރިރު ހޮޅުދޫ ދާއިރާގެ މެންބަރު ޢަލީ މުޙައްމަދު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް، ހޮޅުދޫ ދާއިރާގެ މެންބަރު ޢަލީ މުޙައްމަދު، ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްބާރީ ޢަބްދުﷲ، ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް، މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަޞީރު، ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް ޢުޘްމާން އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރުއެވެ.

22 ޖުލައި 2014