ޖަޕާން-މޯލްޑިވްސް ފްރެންޑްޝިޕް ގްރޫޕްގެ މުޤައްރިރު ހޮވައިފި

maseeeeh

މިއަދު ބޭއްވުނު ޖަޕާން-މޯލްޑިވްސް ފްރެންޑްޝިޕް ގްރޫޕްގެ އާންމު ބައްދަލުވުމުގައި، ހާޒިރުވެވަޑައިގެންނެވި 42 މެންބަރުންގެ ތެރެއިން 38 މެންބަރުންގެ އަޣްލަބިއްޔަތުން މުޤައްރިރުގެ މަޤާމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާން ހޮވިވަޑައިގެންފިއެވެ.

30 ޖުލައި 2014 ވާ ބުދަ ދުވަހު ރާއްޖެއަށް ޒިޔާރަތް ކުރަން ހަމަޖެހިފައިވާ ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ވަފްދާއި ޖަޕާން-މޯލްޑިވްސް ފްރެންޑްޝިޕް ގްރޫޕްއިން ބައްދަލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

ޖަޕާން-މޯލްޑިވްސް ފްރެންޑްޝިޕް ގްރޫޕް އިފްތިތާޙް ކޮށްފައިވަނީ 19 ޖުލައި 2007 ގައި، ޖަޕާނާއި ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީސްތަކުގެ ދެމެދުގައި މަޢުލޫމާތު ބަދަލުކުރެވި މަސައްކަތް އިތުރަށް ހަރަދަނާ ކުރުމުގެ މަޤްސަދުގައެވެ.