މަޖިލީހުގެ ގަވާއިދު އެކުލަވާލެއްވުމަށް ހޮއްވެވި 5 މެންބަރުންގެ ކޮމިޓީގެ ބައްދަލުވުން ކުރިއަށްގެންދަވައިފި

މިއަދު ބޭއްވުނު މަޖިލީހުގެ ގަވާއިދު އެކުލަވާލެއްވުމަށް ހޮއްވެވި 5 މެންބަރުންގެ ކޮމިޓީގެ ބައްދަލުވުމުގައި ގަވައިދަށް ހުށަހެޅިފައިވާ  ހަތަރު އިޞްލާހަކާގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދުގެ އިތުރުން މަކުނުދޫ ދާއިރާގެ މެންބަރު އަނަރާ ނަޢީމް، މައްޗަންގޮޅި އިތުރު ދާއިރާގެ މެންބަރު މާރިއާ އަހުމަދު ދީދީ، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު އާމިރު އަދި މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުޙަންމަދު ވަޑައިގެންނެވިއެވެ.

22 ޖުލައި 2014