3 ކޮމިޓީއެއްގެ ހިންގާ ގަވައިދު ފާސްކުރައްވައިފި

_CHR7209މިއަދު ބޭއްވުނު ޕެޓިޝަން ކޮމިޓީއާއި ސުލޫކު ކޮމިޓީ އަދި ޤައުމީ ތަރައްޤީގެ ކޮމިޓީގެ ހިންގާ ގަވައިދު ފާސްކުރައްވައިފިއެވެ.

މިގޮތުން، 17 ވަނަ މަޖިލީހުގައި ޢަމަލުކުރަމުން ދިޔަ ހިންގާ ގަވައިދު، މި 3 ކޮމިޓީގައި އިޞްލާޙު ކުރެވުމަށްފަހުވަނީ ތިން ކޮމިޓީންވެސް ފާސްކުރައްވާފައެވެ.

މިއަދު ބޭއްވުނު ޕެޓިޝަން ކޮމިޓީއަށް ކޮމިޓީގެ މުޤައްރިރު މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުލްކަރީމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު، ހަނިމާދޫ ދާއިރާގެ މެންބަރު ޙުސައިން ޝަހުދީ، ނޮޅިވަރަމް ދާއިރާގެ މެންބަރު ޙުސައިން ޢަރީފް، ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ، ތުޅާދޫ ދާއިރާގެ މެންބަރު ނާޡިމް ރަޝާދު، މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަޞީރު، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް އަދި ދާންދޫ ދާއިރާގެ މެންބަރު އަޙުމަދު އަސްޢަދު ވަޑައިގެންނެވިއެވެ.

ސުލޫކު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙްގެ އިތުރުން މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު،  ދާންދޫ ދާއިރާގެ މެންބަރު އަޙުމަދު އަސްޢަދު،  އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް،  ނޮޅިވަރަމް ދާއިރާގެ މެންބަރު ޙުސައިން ޢަރީފް، ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ، ވައިކަރަދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް، ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްބާރީ ޢަބްދުﷲ، ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހީމް ޙަސަން އަދި މަޑަވެލި ދާއިރާގެ މެންބަރު މުޢާޒު މުޙައްމަދު ރަޝީދު ވަޑައިގެންނެވިއެވެ.

ޤައުމީ ތަރައްޤީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް މުޤައްރިރު ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުލްކަރީމް، ހޯރަފުށި ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް، ވައިކަރަދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު މުބީން، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޢަލީ ޝާހް އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު ވަޑައިގެންނެވިއެވެ.

22 ޖުލައި 2014