ބައެއް ޤާނޫނުތައް އިޞްލާޙުކުރުމުގެ ބިލު 2014 އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވައިފި

_CHR7150މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 16 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު ހުށަހަޅުއްވާފައިވާ، ބައެއް ޤާނޫނުތައް އިޞްލާޙުކުރުމުގެ ބިލު 2014 ގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވައިފިއެވެ.

މިއަދުގެ ޖަލްސާގައި ޖުމްލަ 6 މެންބަރުން މި ބިލަށް ބަހުސްކުރައްވާފައިވެއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 17 ޖޫން 2014 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ތިންވަނަ ޖަލްސާގައެވެ.

22 ޖުލައި 2014