ޝަރީޢަތް މެދުވެރިކޮށް ކަނޑައެޅޭ އަގެއްދޭ ގޮތުގައި ސަރުކާރަށް ބޭނުންވާ ބައެއް އެއްޗެހި ނެގުމާބެހޭ ޤާނޫނު އުވާލުމުގެ ބިލު ބަލައިގެންފި

_CHR5999މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ހުށަހަޅުއްވާފައިވާ ޝަރީޢަތް މެދުވެރިކޮށް ކަނޑައެޅޭ އަގެއްދޭ ގޮތުގައި ސަރުކާރަށް ބޭނުންވާ ބައެއް އެއްޗެހި ނެގުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 77/6) އުވާލުމުގެ ބިލުގެ ބަލައިގެންފިއެވެ.

މި ބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 79 މެންބަރުންނެވެ. ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 1 މެންބަރަކު ވޯޓް ދެއްވާފައިވާއިރު 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މި ބިލު މަޖިލީހުން ބަލައިގަތުމުން ދިރާސާކުރެއްވުމަށްވަނީ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީއަށް ފޮނުވިފައެވެ.

މިއަދުގެ ޖަލްސާގައި ޖުމްލަ 5 މެންބަރުން މިބިލަށް ބަހުސްކުރައްވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމްއާ ކުރައްވާ ސުވާލުގެ ބައި ކުރިއަށް ގެންދަވާފައިވެއެވެ.

23 ރަމަޟާން 1435

21 ޖުލައި 2014