ޤާނޫނުއަސާސީގެ 102 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 100 ވަނަ މާއްދާގެ (ހ) ގެ 10 ގެ ދަށުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމިޓީން އަލުން މުރާޖަޢާކުރައްވައި 25 ޑިސެމްބަރ 2012 ގައި ނިންމެވި ރިޕޯޓަށް ހުށަހަޅާ އިޞްލާޙު ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފި

_CHR6368މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި ޤާނޫނުއަސާސީގެ 102 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 100 ވަނަ މާއްދާގެ (ހ) ގެ 10 ގެ ދަށުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމިޓީން އަލުން މުރާޖަޢާކުރައްވައި 25 ޑިސެމްބަރ 2012 ގައި ނިންމެވި ރިޕޯޓަށް ހުށަހަޅާ އިޞްލާޙު ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފިއެވެ.

މިގޮތުން ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 58 މެންބަރުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 20 މެންބަރުން ވޯޓް ދެއްވާފައިވާއިރު 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

ކޮމިޓީން ނިންމަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާގޮތަށް އެގްޒެކެޓިވް ބްރާންޗް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ކާރުގެ އެލަވަންސްގެ ގޮތުގައި، ޑްރައިވަރުގެ މުސާރައަށް 6،500 (ހަހާސް ފަސްސަތޭކަ) ރުފިޔާއާއި، ޕެޓްރޯލް ޚަރަދަށް 1000 (އެއްހާސް) ރުފިޔާ، މި ރިޕޯޓް ފާސްކުރާ ތާރީޚުން ފެށިގެން ލިބިދިނުމަށް ފެންނަކަމަށެވެ.

މިއަދުގެ ޖަލްސާގައި ކޮމިޓީގެ ރިޕޯޓް ހުށަހަޅުއްވައިދެއްވީ ޤައުމީ ސަލާމަތުގެ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޟާ އެވެ. މި ރިޕޯޓަށް 2 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

23 ރަމަޟާން 1435

21 ޖުލައި 2014