ސްޓެލްކޯ އަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރައްވާފައިވާ 50 މިލިއަން ރުފިޔާގެ އޯވަރ ޑްރާފްޓް ފެސިލިޓީގެ މުއްދަތު އިތުރުކޮށް ގެރެންޓީ އައުކޮށްދިނުމަށް މަޖިލީހުން ނިންމަވައިފި

_CHR4382ދައުލަތުގެ މާލިއްޔަތު ޤާނޫނު (ޤާނޫނު ނަންބަރު 2006/3) ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރައްވާފައިވާ 50 މިލިއަން ރުފިޔާގެ އޯވަރ ޑްރާފްޓް ފެސިލިޓީގެ މުއްދަތު 31 މާރިޗު 2015 އަށް އިތުރުކޮށް ގެރެންޓީ އައުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި ނިންމަވައިފިއެވެ.

މިގޮތަށް މަޖިލީހުން ނިންމެވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 80 މެންބަރުންގެ އިއްތުފާޤުންނެވެ.

ދައުލަތުގެ މާލިއްޔަތު ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސްޓެލްކޯ އަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރައްވާފައިވާ 50 މިލިއަން ރުފިޔާގެ އޯވަރ ޑްރާފްޓް ފެސިލިޓީގެ މުއްދަތު އިތުރުކޮށް ގެރެންޓީ އައުކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްފައިވާ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު މިއަދުގެ ޖަލްސާގައި ހުށަހަޅުއްވައިދެއްވީ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކެވެ. މި ރިޕޯޓަށް 2 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.

21 ޖުލައި 2014