މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ހުށަހަޅުއްވާފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ބަލައިގެންފި

_CHR4282މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ހުށަހަޅުއްވާފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/8) އަށް އިޞްލާޙު ގެނައުމުގެ ބިލު ބަލައިގެންފިއެވެ.

މި ބިލު ބަލައިގެންފައިވަނީ 81 މެންބަރުންގެ އިއްތިފާޤުންނެވެ. މި ބިލު ބަލައިގަތުމާއިގުޅިގެން ދިރާސާކުރެއްވުމަށްވަނީ އިޖްތިމާޢީ ކޮމިޓީއަށް ފޮނުއްވިފައެވެ.

21 ޖުލައި 2014