ދައުލަތުގެ މުސާރައިގެ އޮނިގަނޑު މުރާޖަޢާ ކުރުމުގެ މަސައްކަތް މާލިއްޔަތު ކޮމިޓީން ކުރިއަށްގެންދަވައިފި

_CHR5691

މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 6 ވަނަ ބައްދަލުވުމުގައި، ޤާނޫނު އަސާސީގެ 102 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 100 ވަނަ މާއްދާގެ (ހ) ގެ 10 ގެ ދަށުން ރައްޔިތުންގެ މަޖިލީހުން ކަނޑަ އަޅަންޖެހޭ މުސާރައިގެ އޮނިގަނޑު އަލުން މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރިއަށްގެންދެވިއެވެ.

އެގޮތުން މެޖިސްޓްރޭޓުންގެ މަޤާމާއި އެކަށީގެންވާ ގޮތަށް ފޯނު އެލަވަންސް ކަނޑައަޅާ ދެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން 26 ޖޫން 2014 ގައި އެދިފައިވާތީ، މި މައްސަލަ ދިރާސާ ކުރެއްވުމަށް 4 މެންބަރުންގެ ކުޑަ ކޮމިޓީއެއް އެކުލަވާލުމަށް ކޮމިޓީއަށް ހާޒިރުވެވަޑައިގެން މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.

މި ކުޑަ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞާލިޙް، އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރުއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކުގެ އިތުރުން އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމްދީދީ، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞާލިޙް، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު، ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރުއެވެ.

16 ޖުލައި 2014