މިއަދު ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 4 ވަނަ ބައްދަލުވުމުގައި، ފުވައްމުލަކު އަތޮޅު ހޮސްޕިޓަލަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދެއްވުން އެދި ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ފަލާޙް ޝަރީފް ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މިނިސްޓަރ އޮފް ހެލްތް ޑޮކްޓަރ މަރިޔަމް ޝަކީލާއާއި ހެލްތް މިނިސްޓްރީގެ އިސް ބޭފުޅުންނާ ކޮމިޓީގެ ފަރާތުން ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުމުގައި، ފުވައްމުލަކު އަތޮޅުގެ އިތުރުން އެހެން އަތޮޅުތަކުގައި ހުރި ސިއްޙީ ދަތިތަކާގުޅޭ ގޮތުން މިނިސްޓަރާއި މެންބަރުން ސުވާލުކުރައްވާފައިވެއެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު، އުނގޫފާރު ދާއިރާގެ މެންބަރު ޖަޢުފަރު ދާއޫދު، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމް، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް، ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހީމް، ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު އަދި ހޯރަފުށި ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލްއެވެ.
16 ޖުލައި 2014